ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު ބަންދުކުރަން ނިންމައިފިއެވެ.
މާދަމާ ބަންދު ކުރަން ނިންމާފައި ވަނީ ޖުމްހޫރީ މައިދާނާއި ޝަހީދުންގެ ބިނާ އަދި އިސްލާމީ މަރުކަޒު ހިމެނޭ ސަރަހައްދުގެ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ކަމަށެވެ. މާދަމާ ޖުމްހޫރީ މައިދާއިން ބަންދުކުރުމަށް ނިންމާފައިވަނީ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ އެކި ހަރަކާތްތަކާ ގުޅިގެންނެވެ.
މާދަމާ ރޭ 6:30 އިން ފެށިގެން ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ނިމެންދެން، ޖުމްހޫރީ މައިދާން ވަށައިގެންވާ މަގުތަކާއި އެ ސަރަހައްދުގެ ފަޅު ބަންދުކުރެވޭނެ
ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިލިޓަރީ ޑިސްޕްލޭއާ ގުޅިގެން މާދަމާ މެންދުރުފަސް 1:30 އިން ފެށިގެން އެ ރަސްމިއްޔާތު ނިމެންދެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތަކުގެ އިތުރުން އެ ސަރަހައްދުގެ ފަޅާއި ކަނޑުގެ ސަރަހައްދު ވެސް ދަތުރުފަތުރަށް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ
މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.


