logo

ރާއްޖެއިން މަސައްކަތް ކުރަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށް: ވަޒީރު އިޙްސާން

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މޯލްޑިވްސް 2.0ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުން ދަނީ އޭއައި ބޭނުންކޮށްގެން ހިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

"ގްލޯބަލް ޑައިލޮގް އޮން އޭއައި ގަވަރނެންސް" ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް އޭއައިއަކީ ހަމައެކަނި ނަމަކަށް ނުވަތަ ޝަރަފަކަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންކުރާނެ މުުހިންމު ވަސީލަތެއް ކަމަށެވެ.

އެހެންކަމުން މޯލްޑިވްސް 2.0ގެ ދަށުން ރާއްޖެއިން މަސައްކަތް ކުރަމުންދަނީ އޭއައި ބޭނުންކޮށްގެން ޚިދުމަތްތައް ދިނުމުގައި ބަދަލެއް ގެނައުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ބިނާވަނީ މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސައިބަރސެކިއުރިޓީ ކަށަވަރުކުރުމާއި ޒިންމާދާރުކުރަނިވި ނިޒާމެއްގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެ ފަދަ ޤައުމަކަށް އެންމެންގެ ބައިވެރިވުން ފެށިގެންދަނީ އެ ބިންގަލުގެ މަތީގަ. އޭއައިއާ ނުލާ ހަމަހަމަކަން ކަށަވަރުކުރުމަށް ހުރަސްތަކެއް އެބަ ހުރި. އޭއައިގެ ކުރިއެރުން ބިނާ ވަނީ މޮޅެތި ސިސްޓަމްތަކަށްވުރެ ބޮޑަށް އާދައިގެ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެ އާއި ޔުނެސްކޯއާ ގުޅިގެން ފުރަތަމަ އޭއައި ރެޑިނެސް އެސެސްމަންޓް މިހާރު ހަދާފައިވާ ކަމަށާއި، މިހާރު އެއައި ޑޭޓާ ލެބް ނުވަތަ މޯލްޑިވްސް އޭއައި ލެބް ޤައިމުކޮށްފައިވާ ކަމަށެވެ.

ވަޒީރު ވަނީ ހަމައެކަނި އެޕްލިކޭޝަންތަކަށް އިންވެސްޓްކުރުމުގެ ބަދަލުގައި އޭއައި ނުވަތަ އެދާއިރާ ބިނާކުރުމަށްވެސް އިންވެސްޓްކުރަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާގެ އިންސާނީ ވަޞީލަތްތައް ބިނާކުރުމާއި ހިންގުމުގެ ނިޒާމުގެ އަސާސަކީ ހުރިހާ ދާއިރާއެއް ގުޅޭނެހެން މަޢުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ad