logo

ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ދަރިފުޅަށް ހަރަދު ނުދޭ މީހެއްގެ މައުލޫމާތު ފޮޓޯއާއެކު އއ. ރަސްދޫ ކޯޓުން އިއްޔެ އާއްމުކޮށްފިއެވެ

އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނެރުނު އިޢުލާނެއްގައި ބުނީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ގަވާއިދުން އދ. މަންދޫ، ނޫރަންމާގޭ މުޙައްމަދު ޙަބީބު ދައްކަމުން ނުދާ ކަމަށާއި، ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ނުދާތީ، އެ ފަރާތާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން އެ މީހާގެ މަޢުލޫމާތު ޢާއްމުކުރަން ނިންމީ ކަމަށެވެ.

އެ އިއުލާނުގައި ވަނީ ސާބިތު ހަރަދަށްވާ ފައިސާ ނުދައްކާ ފަރާތާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން، އދ. މަންދޫ މުހައްމަދު ހަބީބަކީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން އަންގާ ކަަމަށެވެ.

މިފަދަ ނިންމުމެއް ފެމެލީ ކޯޓުން ނިންމާފައިވާއިރު،2018 ވަނަ އަހަރު ދަރިންނަށް ދޭން ޖެހޭ ޚަރަދު ނުދީ ހިފަހައްޓާ ފަރާތްތަކުގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން ވަނީ ނިންމާފައެވެ.

ad