logo

މުވައްޒަފުން މަދުކޮށް، އޮފީސްތައް އޮޓޮމޭޓްކުރަން ޖެހޭ: މާލީ ވަޒީރު

މަރްޔަމް
10 ގަޑިއިރު ކުރިން
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ.

ދައުަލަތުގެ މުއައްސަސާތަަކަށް މުވައްޒަފުން އިތުރުކުމުގެ ބަދަލުގައި ޓެކްނޮލޮޖީގެ ބޭނުންކުރާ ވަރު އިތުރުކޮށް، މަސައްކަތްތައް "އޮޓޮމޭޓް" ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަޒީފާތައް އިތުރުުުކުރަން މުއައްްސަސާތަކުން އަބަދުވެސް އެދޭ ކަމަށާއި އެކަމަކު އެ ތަންތަން އޮޓޮމޭޓްކޮށް، ގާބިލުކަން އިތުރުކޮށްފި ނަމަ މިހާރު ތިބި މުވައްޒަފުންނާ އެކުގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ. މުވައްޒަފުން އިތުރުކުރަން އެދޭ ބައެއް ތަންތަނުން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުން އިތުރުނުކޮށް ވެސް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކޮންމެ އަހަރަކު މުވައްޒަފުން އިތުރުކުރަން ރިކްއެސްޓް އާދޭ، އެކަމަކު މިހާރު މި ކުރިއަރާފައިވާ ދުނިޔޭގައި އެފިޝަަންސީ ގެންނަނީ މީހުން އިތުރު ކޮށްގެނެއް ނޫން. އޭގެ ބަދަލުގައި އޮޓޮމޭޝަންގެ ތެރެއިން، ރަނގަޅު ސިސްޓަމްތައް ގެނެސްގެން ކަންކަން އެފިޝަންޓް ކުރެވެނީ،" ޒަރީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން މަޝްރޫއު "މޯލްޑިވްސް 2.0 "ގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަނީ ހުރިހާ މުއައްސަސާތައް އޮޓޮމޭަޝަންގެ ތެެރެއަށް ގެންނާށެވެ.

އޮޓޮމޭޓްކޮށްގެން ގާބިލުކަން އިތުރުކުރުމުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ އޭނާ ކުރިން އިސްކޮށް މަސައްކަތް ކުރެއްވި ދައުލަތުގެ ޓެކްސް އިދާރާ މީރާ އެވެ.

އެއީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް ވިޔަސް މީހުން ކޮންމެހެން ނަގަން ޖެހޭ ތަންތަނަށް މީހުން ނެގުމުގެ ހުއްދަ މިހާރު ވެސް ދެމުން އަންނަ ކަމަށާއި ކުރިމަގުގައި އެ ހުއްދަ ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަރީރު މި މޭރުމުން ވާހަަކަ ދެއްކެވީ އަންނަ އަހަރަށް ފާސްކުރަން އެކުލަވައިލި ބަޖެޓްގައި ބައެއް މިނިވަން މުއައްސަސާތަކަށް ފައިސާ ކަނޑައަޅާފައިވާ އަދަދު މަދުކަމަށް ބުނެ ބަޖެޓް ކޮމިޓީއަށް ހުށަހެޅި ޝަކުވާތަކާ ގުޅުވައި މެންބަރުން ސުވާލުތައް ކުރެއްވުމުންނެވެ.

ބަޖެޓަށް ހިޔާލު ހޯދަން ބަޖެޓް ކޮމިޓީއަށް ހާޒިރުކުރުމުން، ފައިސާ މަދުކަމުގެ ކަންބޮޑުވުން ފާޅުކުރީ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުންނެވެ.

ad