logo

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް ހުށަހަޅައިފި

ދިޔާމާ އިބްރާހިމް
2 ގަޑިއިރު ކުރިން

2027 އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން 23 އިސްލާހެއް ހުށަހަޅާއިފިއެވެ.

މަޖްލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކުރުމަށް ފަހު ނިންމާފައިވަނީ ބަޖެޓަށް އެއްވެސް ބަދަލެއް ގަނައުމެއްނެތި، ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުމަށެވެ. އެ ގޮތަށް ފާސްކޮށް އެކުލަވައިލި ރިޕޯޓް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅައި ބަހުސް ފަށައިފައެވެ.

ރިޕޯޓަށް ބަހުސް ފެށުމުގެ ކުރިން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ބަޖެޓަށް 23 އިސްލާހެއް ހުށަހަޅައިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ އިސްލާހުތައް ހުށަހަޅާފައިވަނީ ކޮން މެންބަރުންނެއް ކަމެއް ހާމަކުރައްވާފައެއް ނުވެއެވެ.

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގެ ގޮތުގައި 59.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފާއިރު، މުޅި ބަޖެޓުގެ 71.5 އިންސައްތަ ކަނޑައަޅާފައިވަނީ ރިކަރަންޓު ޚަރަދުގެ ގޮތުގައެވެ. އެއީ 42.7 ބިލިއަން ރުފިޔާ އެވެ.

ad