ރާއްޖޭގެ ހިދުމަތްދޭ މީޑިއާތަކުން އުފައްދާ ޕްރޮގްރާމްތަކުގެ ދަފްތަރެއް އެކުލަވާލަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓުން ކޮމިޝަން (އެމްއެމްބީސީ) އިން ނިންމައިފިއެވެ.
އެމްއެމްބީސީން ނެރުނު ސާކިއުލާއެއްގައި ބުނީ ރާއްޖޭގައި ހިދުމަތްދޭ މީޑިއާ އައުޓްލެޓްތަކުން އުފައްދަމުން ގެންދާ ޕްރޮގްރާމްތަކުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވާ ކަމަށެވެ.
އެހެން ކަމުން އެފަދަ އުފެއްދުންތައް އުފައްދައި ޝާއިއުކުރާނަމަ، އެ ޕްރޮގްރާމްތަކުގެ ނަންތައް މިމަހުގެ 22 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކޮމިޝަނާ ހިއްސާ ކުރުމަށް ވަނީ އެދިފައެވެ.
ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވައިދުގެ 7 ވަނަ މާއްދާގެ ދަށުން ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމަކީ ރާއްޖޭގެ މީޑިއާއަކުން އަމިއްލައަށް އުފައްދައިގެން ހިންގާ މަޝްހޫރު ޕްރޮގްރާމެއް ނުވަތަ ކޮލަމެއްގެ ނަމަކަށް ވެގެން ނުވާނެ ކަމަށާއި، ނޫސްމަޖައްލާ ރަޖިސްޓްރީ ކުރުމަށް އެކި ފަރާތްތަކުން ކޮމިޝަނަށް ހުށަހަޅަމުންދާއިރު، އެ ހުށަހެޅުންތަކާއި ގުޅިގެން އެ ނޫސް މަޖައްލާތަކުގެ ނަން ފާސްކުރުމާއި ގުޅޭނެ ކަމަށެވެ.
މީޑިއާތަކުގެ ގޮތުގައު މިހާރު ރާއްޖޭގެ އަލަށް ރަޖިސްޓްރީ ކުރުމަށް އެދި 99 ފޯމެއް ވަނީ ލިބިފައވާ ކަމަށް ވެސް އެމްއެމްބީސީން ވަނީ ބުނެފައެވެ.


.jpg&w=3840&q=75)