logo

ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމާ ގުޅިގެން، ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ.

މެދިއިރުމަތީގަ ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއްގައި ސޮއިކުރުމުން ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެ، މި އެއްބަސްވުމުގެ ސަބަބުން ސަރަޙައްދުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަވެ، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ސުލްހަވެރި ޙައްލެއް ހޯދުމަށް މަޝްވަރާ ކުރުމާއި، ޑިޕްލޮމަސީއަށް ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވަނީ ވިދާޅުވެފައެވެ.

އަދި ހަނގުރާމަ ހުއްޓާލުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި ޕާކިސްތާން ސަރުކާރާއި، ހުރިހާ ފަރާތްތަކުން ވެދެއްވި އެހީތެރިކަމަށް ދިވެހި ސަރުކާރުން ޝުކުރު ވެސް ވަނި އަދާކުރަމެވެ.

އަދި ސަރަޙައްދުގެ ހަމަޖެހުމާއި އަމަންއަމާންކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ކުރެވެމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ ދެއްވާފައެވެ.

ad