ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.މެޓް އޮފީހުން ބުނީ މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަވާނެކަމަށެވެ. ޚާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރަށް ވިއްސާރަވާނެކަމަށެވެ. އަދި ދެކުނަށްވެސް ކެރީގެ އަސަރު ކުރާނެއެވެ.
އަދި ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނެއެވެ.
މި ވިއްސާރާގައި ވައި މަޑުވެފައި ކަނޑުތައްވެސް މަޑުވާނެ ކަމަށެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު ގަދަވުން އެކަށީގެންވެއެވެ. އާއްމުގޮތެއްގައި ވައި ޖެހޭނީ 3 މެލާ 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
މޫސުން ގޯސްވެ 3 ދުވަހަށް ވިއްސާރަ ކުރާނެ: މެޓް

މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

