logo

މާލެ ސިޓީގެ ގިނަ ވިޔަފާރިތަކަކުން މޭޔަރުކަމަށް މޫސާ ޖަލީލު އެންޑޯރސްކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
11 ގަޑިއިރު ކުރިން

މާލެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ގިނަ ވިޔަފާރިތަކަކުން މިއަދު މޫސާ ޢަލީ ޖަލީލާ ބައްދަލުކުރައްވައި، މާލެ ސިޓީގެ މޭޔަރުކަމަށް އެމަނިކުފާނު އެންޑޯރސްކޮށްފިއެވެ.

މިއަދު ހެނދުނު މާލޭ، މަންހަޓަން ރެސްޓޯރަންޓުގައި އޮތް މި ބައްދަލުވުމުގައި ވިޔަފާރިތަކުން ވަނީ، މާލެ ސަރަހައްދުގައި ޙަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ އެކިކަހަލަ ގޮންޖެހުންތައް އެމަނިކުފާނާ ހިއްސާކުރައްވާފައެވެ. އެގޮތުން، ވިޔަފާރިތަކުން ފާހަގަކުރި ގޮންޖެހުންތަކުގެ ތެރޭގައި ޕާކު ކުރުމާއި މުދާ ގުދަން ކުރުމަށް ދިމާވަމުންދާ ގޮންޖެހުންތައް ހިމެނޭއިރު، މި ކަންކަމަށް އެދެވޭނެ ޙައްލެއް ގެނެވޭނެ ގޮތްތަކާ މެދު މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

undefined

މި ބައްދަލުވުމުގައި ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މޫސާ ޢަލީ ޖަލީލް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދައި ދެއްވުމަށް އަދުގެ ސަރުކާރުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، ވިޔަފާރިވެރިންގެވެސް ކަންބޮޑުވުންތަކަށް އެންމެ ފުރިހަމަ ގޮތުގައި ހައްލު ގެނެސްދެވޭނީ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާ އެކުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. undefined ހަމަ އެއާއެކު، ކުދި ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކަށް އެކަށޭނެ ހައްލެއް ހޯދައި ދިނުމަށް މުހިންމު ޕްލޭންތަކެއް ރާވާފައިވާ ކަމަށާއި، ވިޔަފާރީގައި ޙަރަކާތްތެރިވާ އަދި ޙަރަކާތްތެރިވާން ބޭނުންވާ ޒުވާނުންނަށް ވެސް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ޕްލޭންތަކެއް ރާވާފައިވާކަމަށް މޫސާ ޢަލީ ޖަލީލް ވިދާޅުވިއެވެ. އަދި ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާއާއެކު ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ވަނީ ދެއްވާފައެވެ.

މާލެ ސަރަޙައްދުގައި މިހާރު ވިޔަފަރިވެރިންނަށއ ދިމާވަމުންދާ ދަތިތަކަށް އެކަށޭނެ ޙައްލެއް ހޯދޭނީ ސަރުކާރާ އެކު މަސައްކަތް ކުރާނެ ކައުންސިލެއް އޮވެގެންކަން މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

ad