ލ. ގަމުގައި އަލަށް އިމާރާތް ކުރި "ތުނޑީ ބަނދަރު މިސްކިތް" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، އެ މިސްކިތަކީ ގަމުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދިން މިސްކިތެއް ކަމަށެވެ.
މިިއަދު ހުކުރު ނަމާދަށް މިސްކިތް ހުޅުވައިދެެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.
2023 ވަނަ އަހަރުގެ މޭއި މަހުގެ 11 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި އެ މިސްކިތަކީ 342 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

