logo

އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

އައިމިނަތު މޫސާ
8 ގަޑިއިރު ކުރިން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު "އެޓޯލް ބިޒްނަސް އެކްސްޕޯ 2026" ބ. އޭދަފުށީގައި ބާއްވަން ނިންމައިފިއެވެ.

މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެކަން އިއުލާނުކުރެއްވީ ހައިރައިޒް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރު، ސޭލްސް އެންޑް މާކެޓިން މަރިޔަމް މައިޝާ އެވެ.

މި އެކްސްޕޯ އޭދަފުށީގައި ބޭއްވުމަށްޓަކައި، ހައިރައިޒްއާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލާ ދެމެދު ވަނީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ހައިރައިޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރު، ސޭލްސް އެންޑް މާކެޓިން މައިޝާ އެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސެކްރެޓެރީ ޖެނެރަލް މުޙައްމަދު އިކްރާމް އެވެ. އޭދަފުށި ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މައިޝާ ވިދާޅުވީ މި އެކްސްޕޯގެ ބޭނުމަކީ ވިޔަފާރިތަކާއި ލޯކަލް ބިޒްނަސްތަކާއި އަދި ރިސޯޓުތަކަށްވެސް އެކަމުން ފައިދާ ހޯދައިދިނުން ކަމަށެވެ.

undefined

ސެކްރެޓެރީ ޖެނެރަލް އިކްރާމް ވިދާޅުވީ ބ. އަތޮޅަކީ ތަފާތު ކަންކަން ކުރުމަށް އިސްކަންދޭ ރައްޔިތުން ދިރިއުޅޭ އަތޮޅެއް ކަމަށާއި އެެހެން ކައުންސިލުތަކަށް ބ. އަތޮޅުން ދައްކަން ބޭނުންވަނީ އަތޮޅުތެރޭގައިވެސް ތަފާތު ގިނަ ބޮޑެތި ހަރަކާތްތައް ކުރިޔަށްގެންދެވިދާނެކަން ކަމަށެވެ. މި އެކްސްޕޯ އޭދަފުށީގައި ބޭއްވުމަކީ އެ އަތޮޅަށާއި އޭދަފުޓަށް ލިބޭ ބޮޑު ފަހުރެއް ކަމަށް އިކްރާމް ފާހަގަކުރެއްވިއެވެ.

މި އެކްސްޕޯގެ މަޤްޞަދަކީ ރާއްޖޭގެ ވިޔަފާރިތައް ބައިވެރިކުރުވާގެން ވިޔަފާރިތަކަށް ލިބެން ހުރި ފުރުސަތުތައް ހޯދައި ދިނުމެއެވެ. މީގެ ސަބަބުން ވިޔަފާރީގެ އެއްބާރުލުމާއި ސަރަޙައްދީ އިޤްތިޞާދީ ތަރައްގީއަށް މުހިންމު ފުރުސަތެކެއް ލިބިގެންދާނެއެވެ.

މި އެކްސްޕޯގައި ބައިވެރިވާ ޕާޓްނަރުންނަކީ

މެއިން ސްޕޮންސާ އަދި ސިލްވާ ސްޕޮންސާ ބ. އޭދަފުށީ ރެޑް ސްޓާ, ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ, ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނާ, މޯލްޑިވްސް , މޫވްމެންޓް, ސޓެކްނޮލޮޖީ ޕާޓްނަރަކަށް 'ފައި-އެސް ސިސްޓަމްސް'.ޓެބްލޮއިޑް ޕާޓްނަރަކީ އައިލެންޑް ޗީފް

މި އެކްސްޕޯގައި ބައިވެރިވާ ފުރަތަމަ ކުންފުންޏަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ. ހައިރައިޒް އިން ބުނީ މިއެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ހައިރައިޒް އިން ބުނީ މި އެކްސްޕޯ ފަރުމާކޮށްފައިވަނީ ޕާޓްނަޝިޕްތައް އުފެއްދުންތަކާއި، ވިޔަފާރިތަކަށް ހިތްވަރުދިނުމާއެކު އަތޮޅު ވިޔަފާރިތަކާއި، ކުރިއަރާފައިވާ ވިޔަފާރިތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ސްޓޭކްހޯލްޑަރުންގެ މެދުގައި ވިޔަފާރީގެ ނެޓްވޯކްތައް ހަރުދަނާކުރުމަށެވެ.

ad