ފުލުހުންގެ ބަންދުގައި ހުރި މީހަކު ފަރުވާއަށް ގެންދިއުމުން ފިލާފައި ވަނިކޮށް ހޯދައިފިއެވެ.
ފުލުހުން ބުނީ މިއީ ގއ. ވިލިނގިލީގެ ފުލުހުންގެ ބަންދުގައި ހުރި މީހެއް ކަމަށެވެ. އެ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ފިލީ މީގެ ދުވަހެއް ކުރިންނެވެ.
އޭނާ ފިލި ނަމަވެސް ފަހުން ވަނީ ހޯދާފައެވެ. މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.


