ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އިސް ދެ ވެރިޔަކު ސަސްޕެންޑްކޮށްފި އެވެ.
ޑީޖޭއޭގެ އާދަކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކުރި ދެ މީހުންނަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ އާއި، ޑީޖޭއޭގެ ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީހުގެ ޑިރެކްޓަ ޖެނެރަލް ޒަކަރިއްޔާ ހުސެއިންއެވެ.
މިދެބޭފުޅުން ސަސްޕެންޑް ކުރި ވަލި ސަބަބެއް ހާމަކޮށްފައެވެ. އެގިނިފައިވާ ގޮތުގައި މި ދެމީހުން ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. މި ދެބޭފުޅުންނަކީ ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.
(ޑީޖޭއޭ)ހިންގުމަށް ދަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން އެންމެ އިސްކޮށް ހުންނެވި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާވެސް ވަނީ ނިމިދިޔަ އެޕްރީލް މަހު އިސްތިއުފާ ދެއްވާފއެވެ. އަމްޖަދު އިސްތިއުފާ ދެއްވީ އޭޕްރީލް 20 ވަނަ ދުވަހުއެވެ.


