logo

ވެށިފަހި މަޝްރޫޢު އިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ލުއިތަކެއް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ވެށިފަހި މަޝްރޫޢު އިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ލުއިތަކެއް ހަމަޖައްސައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނީ ހިޔާ ނުވަތަ ވެށިފަހި މަޝްރޫޢު އިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފުލެޓް ނުލިބޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީއަށް އެޕްލައި ކުރުވޭނެ ފަސޭހަ ގޮތެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ނެތްނަމަ، ފުލެޓް ލިބޭނެކަން ސާބިތުކޮށްދޭ އެހެން ލިޔުމެއް ހުށަހެޅިދާނެ ކަމަށާއި، އެގޮތުން ކަމާގުޅޭ އިދާރާއަކުން ޢާންމުކޮށްފައިވާ ލިސްޓަކުން ނުވަތަ ދޫކޮށްފައިވާ އެހެން ލިޔުމަކުން އެފަރާތަކަށް ފުލެޓު ލިބޭނެކަން ކަށަވަރުވާނަމަ، އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔުމެއް ހުށަހެޅިދާނެ ކަމަށެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގައި ފްލެޓަށް ހުޅުވާލިއިރު، ވެށިފަހި މާލެއާއި ހިޔާ މަޝްރޫޢުއިން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ޙަވާލުކޮށްފައިނުވާ ފަރާތްތަކުގެ ކެޓަގަރީ ވަނީ ހިމަނާފައެވެ. ކެޓަގަރީއިން 500 ފްލެޓް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

ވެށިފަހި ސްކީމްގައިވެސް، އެ ސްކީމުން ބޯހިޔާހިކަން ލިބޭނެ ކަމަށް ކަނޑައެޅި ފަރާތްތަކުގެ ތެރެއިން ވަރަށް ގިނަ ބަޔަކު މީގެކުރިން ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން މީގެ ކުރިން އެގޮތުން މީގެ ކުރިން 160 އެއްހާ މީހުންނަށް ބޯހިޔާވަހިކަން ނުލިބޭ ކަމަށް ބުނެ ޝަކުވާ ހުށަހަޅާފައި ވެއެވެ. އަދި މި ޝަކުވާތަކުގެ ތެރޭގަ ލިޔުން ގެއްލިފައިވާ ފަރާތްތަކުންވެސް، ވުޒާރާއިން އޭރު ހާމަކޮށްފައިވާ ރަސްމީ ލިސްޓުގައި ނަން އޮތްކަން ފެންނަ ރަސްމީ ލިޔެކިޔުން ހުށައެޅުމުން، އެ ކެޓަގަރީއަށް ކަނޑައަޅާ ޝަރުތު ހަމަވާ ގޮތަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު މިވަނީ ކަނޑައަޅާފައެވެ. އަދި އެއްބަސްވުމުގައި ރަޖިސްޓްރީގެ ލިޔެކިޔުން ނެތް ނަމަވެސް، މިގޮތަށް ކުރިމަތިލެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

މިފަހަރު ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލާފަވަނީ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

ad