ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަން ބުރުގައި ބައިވެރިވިވުގެ ފުރުޞަތު ރޭ ދަންވަރު 12:00 އަށް ހަމަވީއިރު، މުބާރާތުގައި 3053 ބައިވެރިންވަނީ ބައިވެރިވެފަ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަ ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރި ލިޔުމެއްގައި ސަރުކާރު ހަރަދުގައި ގައުމީ ގުރުއާން މުބާރާތް ބާއްވަން ނިންމާފައިވާކަން ފުރަތަމަ ހާމަކުރެއްވީ 29 ޖެނުއަރީ 2025 އެވެ. ގައުމީ ގުރުއާން މުބާރާތް ބާއްވަން ނިންމީ، އެއީ އަގުބޮޑު އިނާމުތަކެއް ލިބޭ މުބާރާތަކަށް ހައްދަވާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވައުދުގެ އަމާޒަށް ވާސިލްވުމަށެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނީ ޒަމާނުންސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނުހަނު އިސްކަމެއް ދީގެން ދަރިވަރުން ތައްޔާރުކޮށް، މުބާރާތުގައި ބައިވެރިކުރަމުންދާ އިރު މިއަދާ ހަމައަށް މި މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެން ކަމަށެވެ.
ޖުލައި 2024ގައި ގުރުއާނުގެ އިލްމު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމަށް ރައީސް މުއިއްޒު އިއުލާންކުރެއްވާ އޭރު ވިދާޅުވީ މިފަދަ ގުރުއާން މުބާރާތެއްގެ ބޭނުމަކީ ދީނީ ކަންކަމަށް ކުރާ ހެދޭއާއި، މާލީ ފުދުންތެރިކަން އިތުރުވާނެ ގޮތަކަށް 'ދާރުލްސަލާމް' ގެ ނަމުގައި އާ ވަފުގު އިމާރާތެއް އެޅުމާއި، ހިލޭ ގުރުއާން ކިޔެވޭނެ ކްލާސްތައް އިތުރުކުރުމާއި، ހާފިޒުންނަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، އެ މީހުންނަށް ދޭ އިނާޔަތް ދެގުނަ ބޮޑުކުރުމާއި، ގުރުއާނާ ބެހޭ ކަންކަން ކުރިއަށް ގެންދަން ގުރުއާނާ ބެހޭ މަރުކަޒެއް އަލުން އިމާރާތްކުރުމާއި، އިނާމުތައް އެންމެ އަގު ބޮޑު، އިނާމު އެންމެ ގިނަ މުބާރާތަކަށް ގައުމީ ގުރުއާން މުބާރާތް ހެދުން ކަމަށެވެ.


