911 ހިމެނޭހެން ފުލުހުންގެ 2 ހޮޓްލައިން ނަންބަރަކަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށްފިއެވެ.
ފުލުހުން ކުރިން ބުނިގޮތިގައި ޓެކްނިކަލް މައްސަލަ ދިމާވި ހޮޓްލައިންތަކަކީ 3322111 އަދި 3322112 އެވެ. މީގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި ގުޅުމަށް ހަމަޖައްސާފައިވާ 911 އަށް ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަލަ ދިމާވި ސީދާ ސަބައެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަދި މައްސަލަ ދިމާވިތާ ގާތްގަނޑަކަށް 45 މިނެޓް ފަހުން ފުލުހުން ބުނީ ލައިންތަކަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަނަށް ގެނެވުފައިވާ ކަމަށެވެ.
އަދި އާއްމުންނަށް މިހާރު އެ ނަންބަރު ތަކަށް ގުޅޭނެކަމަށެވެ.

.jpg&w=3840&q=75)