logo

މާފަންނުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، މީހަކު ގެއެއްގެ މަތިން ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު 18:20 އެހައިކަންހާއިރު ކަމަށެވެ.

މި ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ad