މޫދަށް އެރި އުޅުނު ފަތުރުވެރިއަކު، ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މިއަދު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. ފެންފުށިީގެ ވޭލް ޝާކް ޕޮއިންޓަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައިވާ ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:59 އެހައިކަން ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މަރުވެފައިވަނީ ޖަރުމަނު ވިލާތުގެ ފިރިހެން ފަތުރުވެރިއެކެވެ. އެމީހާ މަރުވީ ސަރަހައްދުން ދިޔަ ޑައިވިން ދޯންޏެއްގެ ބުރަފަތީގައި ޖެހިގެންނެވެ.
މި ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
