logo

ކުރިއަށް އޮތް ދެ އަހަރު އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް ބޮޑު ފަސޭހައެއް ލިބޭނެ: މިނިސްޓަރ ސައީދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
13 ދުވަސް ކުރިން

ކުރިއަށް އޮތް ދެ އަހަރު އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށް ބޮޑު ފަސޭހައަކަށްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ރައީސްގެ ނިންމެވުމާއެކު 2026 އަދި 2027 އަކީ ކުދި ވިޔަފާރިތަކަށް މުޅިސަރުކާރުން ޚާއްޞަ ލުއިތަކެއް ލިބޭނެ 2 އަހަރަށް ވާނެ ކަމަށެވެ. އަދި އެއީ، ކުދި ވިޔަފާރިތަކާއި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށްވެސް ބޮޑު ފަސޭހައެއް އަދި ހިތްހަމަޖެހުމެއް ލިބޭނެ ދެ އަހަރަކަށްވާނެ ކަމަށެވެ.

މިގޮތުން ލުއި ދިނުމާއި ކަންކަން ފަހިކޮށް ދިނުމަށް ގެންނަ ބަދަލުތައް ކުރިއަށްއޮތް ދުވަސްތަކުގައި ހާމަ ކުރަމުން ގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު އަޙްމަދު ސަޢީދު މީގެ ކުރިން ވިދާޅުވީ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކުގެ ވާހަކަ އަޑުއައްސަވާފަވާކަމަށެވެ. މިއާއެކު ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ކުރިއަށް އޮތް 2 އަހަރަކީ، ކުދި ވިޔަފާރިތަކަށް ޚާއްސަ ލުއިތަކެއް ދިނުމަށް ހަމަޖައްސާފައިވާ ދެ އަހަރު ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. ވަޒީރު ސަޢީދު ވިދާޅުވީ، އޭގެ ތެރޭގައި ވިޔަފާރިވެރިން ޙިއްޞާ ކުރި ގިނަ ކަންތައްތަކުގެ އިތުރަށްވެސް އިތުރު ކަންކަން ހިމެނޭނެ ކަމަށެވެ.

މިނިސްޓަރު މިސާލު ޖައްސަވަމުން ވިދާޅުވީ މީރާ، ކަސްޓަމްސް، ޕޯޓް، އެއަރޕޯޓް، އަދިވެސް ވިޔަފާރިއާ ގުޅުންހުރި އެކިއެކި ފަރާތްތަކާ ވާހަކަ ދައްކައިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކުގެ އިތުރަށް ސަރުކާރުން އިސްވެ ކުރާ މަސައްކަތްތައްވެސް ހިމެނޭ އޭގެތެރޭގައި ހިމެނޭނެ ކަމަށެވެ.

އަދި ރައީސްގެ ނިންމެވުމަކީ ކުދި ވިޔަފާރިތަކަށް ލިބޭނެ ބޮޑު ހިތްހަމަޖެހުމަމަށް ވުން ކަމަށާއި، އަންނަ އަހަރު ކުދި ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން 500 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ނިންމަވާފައިވާކަންވެސް ހާމަކުރައްވާފައެވެ.

މި ވޭތުވެދިޔަ 2 އަހަރުގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާ ވަޒީރު ވިދާޅުވީ، 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ ކަމަށެވެ. 10 ދާއިރާއެއް ހިމެނޭ މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ޚާއްޞަ ލޯނާއި މެރިކަލްޗާއާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، މާލީ ވުޒާރާއިން މިވީ ދެ އަހަރުގެ ތެރޭގައި އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށެވެ.
ކުދި ވިޔަފާރިތަކަށް ޓީޓީ ހެދުމަށްޓަކައި ބީއެމްއެލްއިން ދޭ ޑޮލަރުގެ ސަޕޯޓް ވަނީ އިތުރުކޮށްފައެވެ. އެގޮތުން 2500 އަށްވުރެ ދަށް އަދަދުތަކުގެ ބިލުތަކަށް %50 އާ ހަމައަށް އަދި 2500 އާއި، 5000 ދެމެދުގެ ބިލުތައް %30 އާ ހަމައަށް ޓީޓީ ހެދުމަށް ރަސްމީ ޑޮލަރު ރޭޓުގައި އަންނަނީ ދެމުންނެވެ. އަދި 5000 މަތީގެ ބިލުތަކަށް %15 ޓީޓީ ހެދުމަށް ޑޮލަރު ދޫކުރެއެވެ. މި ނޫނަސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ކޮށްގެން މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިޤްތިޞާދު ތަރައްޤީއާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް ޓެކުހާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން މީރާއިން ވަނީ، މާލެ ސަރަޙައްދުގައި 2291 ކުދި ވިޔަފާރިއަށް ޒިޔާރަތްކޮށް މަޢޫލޫމާތު ދީފައެވެ. ވަޒީރު ސަޢީދު ވަނީ، ޓެކްސް ނުދައްކާ ހުރި ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ad