ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މާލެ އާއި އައްޑޫ ސިޓީގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ އިރު، ހިތަދޫ ދާއިރާއަށް ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ވޯޓްލެވޭނީ ހިތަދޫގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ހިތަދޫ ވޯޓު ފޮށި ބަހައްޓާފައިވަނީ ހިތަދޫ ސުކޫލުގައެވެ. ޕްރައިމަރީގެ ވޯޓްލުން އޮންނާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ
މި ޕްރައިމަރީގައި 727 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ
މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓްލުމަށް ރަޖިސްޓްރީ ވެފައިވާ އެ ދާއިރާގެ މެންބަރުން ވޯޓްލުމަށް ހަމަޖެހިފައިވަނީ މާލޭގައި ބަހައްޓާ ވޯޓު ފޮއްޓަށެވެ. މި ފޮށި ބަހައްޓާފައިވަނީ ކަލާފާނު ސުކޫލުގައެވެ.


