logo

އަޟްހާ ޢީދާ ގުޅިގެން 24 އަދި 25 ވަނަ ދުވަހު ސަރުކާރު ބަންދު

އާމިނަތު މޫސާ
18 ގަޑިއިރު ކުރިން

އަޟްހާ ޢީދާ ގުޅިގެން މި މަހުގެ 24 އަދި 25 ބަންދު ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، 24 މެއި ވާ އާދިއްތަ ދުވަހާއި 25 މެއި ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ހަމަޖައްސަވާފައިވާ ކަމަށެވެ.

އެމަނިކުފާނު މިގޮތަށް ހަމަޖެއްސެވީ، އަޟްޙާ ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، މިހާރު ވެސް ކަލަންޑަރުގައިވާ ގޮތުގެމަތީން، 31 މެއި ވާ އާދީއްތަ ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
މިއަހަރުގެ ޙައްޖު ދުވަސް ވަނީ، މި މަހުގެ 26 ވާ އަންގާރަ ދުވަހަށެވެ. އަދި އަޟްހާ ޢީދު ދުވަހަކީ މި މަހުގެ 27ވާ ބުދަ ދުވަހަށެވެ.

ad