މަރުހޫމް ޢަބްދުލްޢަޒީޒު މުޙައްމަދުގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ ވިދާޅުވެއްޖެެވެ.
އެކްސްގައި ރައީސް ވިދާޅުވީ ފުވައްމުލައްސިޓީ، ފުނާޑު، ރިޔާޒް(ހުސްނުހީނާގެ)، އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ، ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއް ކަމަށާއި، ވަކިވުން އެއި ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.
ވަކީން ޚާއްޞަކޮށް، 1960 ގެ އަހަރުތަކުގައި، އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސިބަހުގެ ޓީޗަރެއްގެ ގޮތުގައި އެތައް ކުއްޖަކަށް އުނގަންނައިދެއްވުމާއި އޭގެފަހުން ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ.
އަދި ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވުމުގައި ދިގުމުއްދަތަކު އުޅުއްވުމާއި. މަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު ވަކިވެވަޑައިގަތުމަކީ، ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުން ކަމަށެވެ.
ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ. މާތްﷲގެ ރުއްސެވުމާއި ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވުންއެދި ދުއާ ކުރާ ކަމަށްވެސް ވިދާޅުވިއެވެ.

