ގުޅިއަށް އަލަށް ގެންދެވުނު 800 ކިލޯވޮޓުގެ އިންޖީނުގެ ހިދުމަތްދޭން ފަށައިފިއެވެ.
ސްތެލްކޯއިން ބުނީ މިއަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކ. ގުޅިއަށް އަލަށް ގެންދެވުނު 800 ކިލޯވޮޓުގެ އިންޖީނު އެރަށުގައި ބަހައްޓައި، އެ އިންޖީނުން ޚިދުމަތްދޭން ވަނީ ފެށިފަ ކަމަށެވެ. މި އައު އިންޖީނާއިއެކު ޕަވަރ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1904 ކިލޯވޮޓަށް އިތުރު ކުރެވިފަ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، އަތޮޅުތެރޭގެ ރަށްތަކުގެ އަސާސީ ހިދުމަތްތައް ތަރައްގީކޮށް ފުރިހަމަކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ސްޓެލްކޯއިން ކުރަންމުންދާ މަސައްކަތުގެ ތެރޭން އެއްކަންތައްތަކެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގަވެސް ކަރަންތްގެ ބާރުބޮޑެވެ. އެގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ވެސް ސްޓެލްކޯއިން ގެންދަނީ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.

