ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަަށް ކުރަމުންދާ މަސައްކަތް އަންނަ ޖޫން މަހު ފެށުމަށް ތައްޔާރު ވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ ޕްރޮޖެކްޓްގެ ފަސްވަނަ ސެގްމެންޓްގެ ބޮޑު ބައެއް މިހާރު ވަނީ އެއްކޮށް ނިމިފަ ކަމަށެވެ. އަދި މަގު ހެދުމުގެ އެހެނިހެން ސެގްމެންޓްތަކުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު ކުރިއަށްދާކަމަށެވެ. ނަމަވެސް މިވަގުތު ކުރިއަށްދަނީ ޝީޓްޕައިލް ކުރުމާއި، ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓު ކޭބަލްތަކަށް ބޭނުންވާ ޖަންކްޝަންތަކާއި ހޮޅިވަޅުލުމުގެ މަސައްކަތްތައް އެކަނިއެވެ. ނަމަވެސް ޖޫން މަސް ނިމުމުގެ ކުރިން މި ހުރިހާ ސަރަޙައްދެއްގައި ތާރުއަޅަން ތައްޔާރުކުރެވޭނެ ކަމަށް ޝަރުވަތު ވިދާޅުވިއެވެ.
ޕްރޮޖެކްޓްގެ ފަސްވަނަ ސެގްމެންޓްގެ ބޮޑު ބައެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމްގެ އިމާރާތާ ހަމައަށް އޮންނަ ބައިގައި ތާރުއެޅުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުކުރެވިފައެވެ.


