logo

ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރަން: ރައީސް

އާމިނަތު މޫސާ
16 ގަޑިއިރު ކުރިން

ތެލަސީމިއާ ދުވަސް ހަނދާކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ތެލެސީމިއާ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެލެސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށެވެ. އަދި ކޮންމެ ދިވެހި ދަރިއަކާއި ޢާއިލާއަކަށް މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ބަދަހި ގައުމެއް ބިނާކުރުމަށް ތެލެސީމިއާ ދުވަސް މިކަންކަން ހަނދުމަކޮށްދޭ ކަމަށެވެ.

ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ ކޮންމ ރައްޔިތެއްގެވެސް ޢައިލީ މެންބަރެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޢައިލާތަކަށް ބޭނުންވާ ސިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލެސީމީ ދުވަސް ކޮންމެ އަހަރެއްގެ މޭ މަހުގެ 8ވަނަ ދުވަހު ފާހަގަކުރެއެވެ. މި ދުވަސް ފާހަގަކަރަނީ މި ބައްޔަށް ހޭލުންތެރިކަން އިތުރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ތެލެސީމީއާ ތަހައްމަލުކުރުމުގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގައި ހަނދާނުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" މި ޝިޔާރެވެ. ސަޕޯޓިންގ ދަ އަންސީން، ނުވަތަ އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން" މިއެވެ.

ad