logo

ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ފެންބޮޑު ވެދާނެ ކަމަށް ލަފާކޮށްފި

ދިޔާމާ އިބްރާހިމް
9 ގަޑިއިރު ކުރިން

ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން އަންނަ ބުދަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މިއަދު ހާމަކުރި ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނދު މޫސުމުގެ ބާރުގަދަވެފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން ކުރިއަށް ބުދަ ދުވަހާ ހަމަޔަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

View post on Twitter

އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މެޓް އޮފީހުން ވަނީ އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކޮށްފައެވެ.

ad