މޫދު ކުލާހެއްގެ ވޯޓަރ ބްރޭކަކަށް ދިޔަ މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ސެޕްޓެމްބަރު 22 ވަނަ ދުވަހުގެ 16:30 އެހައިކަންހާއިރު، ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްެރިސުންނާއި ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ވޯޓަރ ބްރޭކް ވަގުތު އެއްގަމަށް އަރަންދިޔަ މީހަކު ނޭވާލާން އުނދަގޫވާކަމަށް ބުނުމުން ރަށު ހެލްތު ސެންޓަރަށް ގެންދިޔަ ކަމަށާއި، ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށެވެ.
އެގޮތުން ގެންގޮސް އޭނާ ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް، 18:14 އެހައިކަންހާއިރު މީހާ ނިޔާވެފައިވާ ކަމަށް ހެލްތު ސެންޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ނިޔާވެފައިވަނީ 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
ނިޔާވި މީހާގެ ހަށިގަނޑު މާލެ، އައިޖީއެމް ހޮސްޕިޓަލަށް ގެނެސް މެޑިކަލް އެގްޒެމިނޭޝަންއެއް ހެދުމަށްފަހު ރޭ ދަންވަރުގެ ވަގުތެއްގައި ހަށިގަނޑުވަނީ އާއިލާއާ ހަވާލުކޮށްފަ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

