logo

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒު ޖަމާލްގެ ނަން މަޖިލީހަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

އިންފޯމޭޝަން ކޮމިޝަނުގެ މަގާމަށް އައްޔަންކުރެއްވުމަށް ކުރީގެ އިންފޯމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލު އަބޫބަކަރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ

ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވާފައެވެ.

ރައީސް ފޮނުއްވި ސިޓީގައި ވަނީ ލ. މާވަށް، މާޒީ، އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ ނަމެވެ. މަޖިލީހުގެ ރައީސް ވަނީ މި މައްސަލަ ދިރާސާ ކުރުމަށް މިނިވަން މުއައްސާސަތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އިންފޮމޭޝަން ކޮމިޝަނަރު މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވެއެވެ.

އޭނާ އެ މަގާމަށް އައްޔަނުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ

އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ ކުރިން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އައްޔަން ކުރެއްވި ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ.

ad