2022ގައި މޭރީއަށް ހަމަލާދީ މަރާލި މައްސަލައި ގަ ފިލިޕީންސްގެ ނަރުސް މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރަށް އަދި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
މާވިންގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި އޭނާ މައްޗަށް ވަނީ ހުކުމް އިއްވާފައެވެ. މާވިންގެ މައްޗަށް އުފުލީ ދައުވާއަކީ އެނގިހުރެ މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ. ދައުލަތުން އެދުނީ އަދަބުގެ ދަރަޖަ މަތިކޮށް 25 އަހަރަށް ޖަލަށް ލުމަށެވެ. މިމައްސަލާގައި މާވިން އެދިފައިވަނީ އޭނައަށްވީ އެންމެ ކުޑަ އަދަބެއް ދިނުމަށެވެ.
ދައުލަތުން އެދުނު ގޮތަށް މާވިންއަށް އެންމެ ހަރުކަށި އަދަބު ދީފައިވާއިރު، އޭނާގެ ލޯބިވެރިޔާ އަދި މޭރީ މެރުމުގައި ބައިވެރިވި ދިވެހި ނަރުސް ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ވެސް ކުށް ސާބިތުވާކަމަށް ނިންމައި، މިއަދު އަދަބު ކަނޑައެޅުމަށް ވަނީ ތާވަލުކޮށް ލަމްހާ އަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު މީހެއްގެ މަރާއި ގުޅުންހުރި އެފަދަ ނޭދެވޭ އަމަލެއް ހިންގާފައިވާތީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމުގައިވެސް ދައުލަތުން އެދުނީ އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ.
އަދި މީހަކު މެރުމަށް ދުރާލާ ރާވައިގެން، އެ ރަހުމުކުޑަ އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވުމާއި، މައިވަންތަކަމުގެ ލޯބިން މަހުރޫމްވިފައިވާކަން ދައުލަތުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޭރީ މަރާލާފައިވަނީ މާވިންއާއެކު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިމުގެ މަޤްސަދުގައިކަން ވަނީ ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
އެންމެ ފުރަތަމަ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ އޭނާ އަމިއްލައަށް ދަންޖެހިފައިވާކަމަށް ބުނެއެވެ. ނަމަވެސް އެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިގެން މާވިން ހައްޔަރުކުރީ އެ އަހަރުގެ އޮކްޓޯބަރު 27ގައެވެ.
މާވިން މިހާތަނަށް ބަންދުގައި ހޭދަކުރި 4 އަހަރާއި 6 މަހާއި 4 ދުވަސް އުނިކުރުމަށްފަހު، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 20 އަހަރާއި 3 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ. ލަމްހާގެ މައްޗަށް އިއްވީ 15 އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ކަމަށް ކަނޑައަޅާފައިވާއިރު، މިހާތަނަށް ބަންދުގައި 3 އަހަރާއި 5 މަހާއި 25 ދުވަސް ހޭދަކޮށްފައިވާތީ ދެން ޖަލުގައި ހުންނަން ޖެހޭނީ 11 އަހަރާއި ބައިގެ މުއްދަތަށް ކަމަށް ވެސް ވަނީ ނިންމާފައެވެ.
މި މައްސަލައިގެ ތަހުގީގަށާއި ޝަރީއަތަށް ޖަލުގައި ބަންދުކޮށްފައި ހުރި ދުވަސްވަރުގެ ތެރޭގައި މާވިން ވަނީ އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން 'ޔޫސުފް' އަށް ބަދަލުކޮށްފައެވެ.

.jpg&w=256&q=75)
