ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ވިލިމާލޭން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ދިވެހި ފުލުހުންގެ ޚިދުމަތުން ވިލިމާލޭގައި ކުރިއަށް ގެންދާ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެއްގައި ދިވެހި 4 ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ 3 މީހަކު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އަޒޭ ޖުމާހް ރޯމަން އަދި ދޮން އައްޔައެވެ.


