logo

ކޮޗިންގައި ތިބި ބައެއް ދިވެހިންނާއި ފައިސަލް ބައްދަލުުރައްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
8 ގަޑިއިރު ކުރިން

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓް ފައިސަލް ނަސީމް ކޮޗިންގައި ދިރިއުޅޭ ބައެއް ދިވެހިންނާއި ބައްދަލުކުރައްވައިފިއެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކޮޗިންގައި ދިވެހިން ދިރިއުޅޭ ބައެއް ގެތަކަށްވެސް ޒިޔާރަތް ކުރެއްވިއެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ގާތުން ވަނީ އަޑުއައްސަވާފައެވެ. ކޮޗިންގައި މިވަގުތު ބޭސްފަރުވާއަށް ގޮސްތިބި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމުގައި ވަރަށްބޮޑެތި ދަތިތައް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

undefined

އެގޮތުން މާލެއިން ފުރުމުގެ ކުރިން އާސަންދަ ދީފައި ފޮނުވި ނަމަވެސް ބޭސްފަރުވާގެ ބައެއް ޚަރަދުތައް އާސަންދައިން ކަވަރކޮށް ނުދިނުމާއި، ފަރުވާ ދޭ ހޮސްޕިޓަލުން އާސަންދައަށް އެޕްރޫވަލްއަށް ފޮނުވާ ކޮންމެ އެއްޗެއް އެޕްރޫވް ވުމަށް އެތަށް ގަޑިއިރެއް ހޭދަވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަލިމީހާއަށް އެތަށް ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށްވެސް އެފަރާތްތަކުން ފާހަގަކުރިއެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާވަރަށް ޑޮލަރު ހޯދުމަށް ހުރި ދަތިތައްވެސް ފާހަގަކުރިއެވެ.

undefined

މި ނޫނަސް ބޭސްފަރުވާއާއި ގުޅޭ މިފަދަ އެތައް ބައިވަރު ކަންބޮޑުވުންތައް ކޮޗިންގައި ތިބި ބައެއް ދިވެހިން ހިއްސާކުރިއެވެ.

ބޭސްފަރުވާގެ ކަންކަމުގައި ދިވެހިން ކުރި ޝަކުވާތަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ، ބޭސްފަރުވާއާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް އެންމެބޮޑަށް އިސްކަންދިން އެއް ދާއިރާކަމަށެވެ. އަދި ދެންވެސް އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައިވެސް ބޭސްފަރުވާގެ ކަންކަމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނެސްދިނުމަށްޓަކައި ނިޒާމް ހަރުދަނާކޮށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

undefined

ކޮޗިންގައި ތިބި ދިވެހިން ދިރިއުޅޭ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައިވެސް މިހާތަނަށް އެންމެބޮޑަށް ބެލީ ލާމަރުކަޒުކޮށް އެނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ޚިދުމަތްދީ ވިޔަފާރިތައް ކުރިއަރުވާ ރަނގަޅުފެންވަރުގެ ތައުލީމާއި ސިއްހަތު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށެވެ.

"ރައްޔިތުންނަށް ވައުދެއް ވެއްޖެއްޔާ އެ ވައުދެއް ވާންވާނީ ފުއްދޭ ވަރުގެ އެއްޗަކަށް. ވެރިކަމަކީ ދޮގުހަދައިގެން ނުވާވަރުގެ ހުވަފެންދައްކައިގެން ކުރާވަރުގެ ކަމެއް ނޫން. އަޅުގަނޑު ބޭނުމީ ތެދުބަހުން ވާހަކަ ދައްކަން. ދޮގު ހަދައިގެން އަޅުގަނޑު ހޯދާނެ މޮޅެއް ނެތް" ފައިސަލް ވިދާޅުވިއެވެ.

ad