ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގައިފިއެވެ.
މިއަދު ސޯޝަލްމީޑިއާގައި ދައުރުވަމުންދިޔަ ވިޑިއޯއާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގާ މައްސަލަ މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކުވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ކަމަށާއި، މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށެވެ.

.jpg&w=256&q=75)
