ރޭގެ ވަގުތެއްގައި ރަސްމާލެ ފަރަށް ދޯންޏެއް އަރައިފިއެވެ.
ވ. ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އެރިީ'ކީސާ' ކިޔާ ދޯންޏެކެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ރޭ 11:51 ހާއިރު ލިބިގެން މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށެެ.
އެގޮތުން މެންދަމު 02:37 ހާއިރު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ދޯނި އޮތް ސަރަހައްދަށް ގޮސް، ދޯނިން ދަތުރުކުރި ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބަކްރާފްޓަށް ނަގާފައިވެ އެވެ. އަދި، އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނިން މެންދަމު 03:37 ހާއިރު އެ ސަރަހައްދަށް ދިއުމުން، ފަޅުވެރިން އެ ދޯންޏަށް ބަދަލުކުރި އެވެ.
މި ހާދިސާގައި ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާ ވެފައިވާތީ އެ މިހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
މިދިޔަ އޮކްޓޫަބަރު މަހުގެ ތެރޭގައިވެެސް ރަސްމާލެ ފަރަށް ދޯންޏެއް ވަނީ އަރާފައެވެ.

