logo

މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: އަމީން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ގައުމީ އެއާލައިން މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ދުނިޔޭގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުން ކަމަށެވެ.

ބޭނުންވަނީ ވީހާވެސް ގިނަ އޮޕްޝަންތަކެއް ހުޅުވާ ދުނިޔޭގެ މޭޖަރ ސިޓީތަކުން ރާއްޖެއަށް ޑައިރެކްޓްލީ ފްލައިޓުތައް އޮޕަރޭޓް ކުރެވޭނެ ގޮތް ހެދުން ކަމަށާއި، އެގޮތުގެ މަތިން ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ގައުމީ އެއާލައިންގެ ކެޕޭސިޓީ އިތުރުކުރާ ގޮތަށް ރާއްޖެއިންވެސް ރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުކުރުމަކީ މުސްތަގަބަލަށް ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.ވަޒީރު ވިދާޅުވީ، އަންނަ އަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ފްލީޓް ވަރުގަދަކުރުމުގެ މަސައްކަތުގެ ދަށުން، އެއާބަސް މަތިންދާބޯޓު ހޯދުމާއި ޑޮމެސްޓިކް ދަތުރުތަކަށް ބޭނުންކުރާ ފްލީޓް މޮޑަނައިޒްކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވީ ސަރުކާރުގެ އެންމެ ހަޔަސްޓް ޕްރަޔޯރިޓީގައި ދަނީ އެ މަސައްކަތްވެސް ކުރަމުން ކަމަށާއި، އަންނަ އަހަރު މޯލްޑިވިއަންގެ ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށެވެ. މިއަހަރު ނިމޭ ހިސާބުގައި ނުވަތަ އަންނަ އަހަރުގެ ފަސްްޓް ކުއާޓަރުގައި އެޑިޝަނަލް އެއާކްރާފްޓްތަކެއް އިތުރުވެގެންދާނެ ކަމަށެެވެ.މަތިންދާބޯޓުތަކުގެ އިތުރުން، އެއާޕޯޓުތަކުގެ އުމްރާނީ ތަރައްގީއަށްވެސް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށާއި، އެގޮތުން މޯލްޑިވިއަނުން ހިންގާ މާފަރު އިންޓާނޭޝަނަލް އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމި، މިހާރު އެންމެ ބޮޑެތި ބޯޓުތަކަށްވެސް އެ އެއާޕޯޓަށް ޖެއްސޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ad