logo

ނިޔާވި މީހާ ވެއްޓުނީ ލޮރީގައި ޖެހިގެން ކަމަށް މިހާތަނަށް ބެލިބެލުމުން ނުބެލެވޭ: ފުލުހުން

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

މިއަދު ހަވީރު މާލޭ ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ނިޔާވި މިހާ ލޮރީގެ ދަށުވާން މެދުވެރިވީ، ސީދާ އެލޮރީގައި ޖެހި އެކްސިޑެންޓް ވެގެންކަމަށް ނުބެލެވޭކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، މި ހާދިސާގައި ނިޔާވެފައިވަނީ ހުޅުމާލެ ގޯތި ނަންބަރު 20054 (ގްރީންޕީކް)، އުމުރުން 39 އަހަރުގެ އިބްރާހީމް ނާޞިޙު ކަމަށެވެ. އަދި އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ. އެހެންނަމަވެސް، އެ އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭކަމަށް ފުލުހުންހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، މިއަދު ހަވީރު 15:57 އެހާކަންހާއިރުއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ މާލެ ބޮޑުތަކުރުފާނު މަގު، ދަރުބާރުގެ ކައިރީ ސައިކަލަކާއި ލޮރީއެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ad