logo

2028ގައި މަސްވެރިންނަށް އެން ފޯރުކޮށްދޭން ފަށާނެ: މަސްވެރިކަމާ ބެހޭ ވުޒާރާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
10 ގަޑިއިރު ކުރިން

މޫސުން ގޯސްވާ ދުވަސްވަރު އެން ލިބުމުގެ ދަތިކަން މަސްވެރިންނަށް ކުރަމުންދާތީ 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ މިޑިއާ ޕްރޮގްރާމެއްގައި ވާހަޖަދައްކަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ އެމަކީ މަސްވެރިކަމުގެ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެމަކީ މަސްވެރިކަމުގައި ވަރަށް މުހިންމު ކޮންޕޯނަންޓަކަށް ވެފައި މޫސުން ގޯސްވާ ދުވަސްވަރު އެން ލިބުމުގެ ދަތިކަން މަސްވެރިން ވަރަށް ބޮޑަށް އިހްސާސްކުރަންޖެހޭ ކަމަށެވެ. އެހެންކަމުން ބެއިޓް ފިޝަރީއެއްގެ ގޮތުގައި ފިޝަރީ ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ބޭފުޅުންނާ އެކީގައި އެއްބަސްވުމަކަށް އާދެވިފައިިވާ ކަމަށެވެ. އަދިއ އެ ބޭފުޅުން ރާއްޖޭގައި އާލާކުރަންޖެހޭ އެން އާލާކުރުމުގެ މަސައްކަތް އެ ރަށުގައި ފަށައި އަދި 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނާއި ހަމައަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނި މެދުވެރިކޮށް ފޯރުކޮށްދެވޭނެކަމަށެވެ.

މީގެ އިތުރުން ވިދާޅުވީ ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅެއް ވަނީ މެރިކަލްޗަރ ސިނާއަތް ކުރިއެރުވުމަށް އަމިއްލަ ކުންފުންޏަކާއި ދޫކޮށްފައި ކަމަށާއި، އޭގެ އިތުރުން މިވަގުތު ބޭރުގެ އިންވެސްޓަރަކާއި ގުޅިގެން ދިވެހި ކުންފުންޏަކުން ގދ ގައިވެސް މެރިކަލްޗަރ އިންވެސްޓްމަންޓެއް ކުރިއަށްގެންދާ ކަމަށެވެ.

ad