logo

ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމަށް ދިރާސާ ފަށައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
12 ގަޑިއިރު ކުރިން

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑިން ފެން އުފެއްދުމުގެ މަސައްކަތަށް ދިރާސާ ފަށާފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ ރާއްޖޭގެ ފެނުގެ ނިޒާމު ހަރުދަނާކޮށް އަތޮޅުތަކުގައި ހިދުމަތް ފުޅާކުރުމަށް ގިނަ

މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

ފެނުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށްޓަކައި ހިންގުމަށް ރާވާފައިވާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް މަސައްކަތަކީ ކަނޑުގެ އަޑިން ފެން އުފެއްދުމުގެ މަޝްރޫއުކަމަށާއި، ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ގާއިމުކޮށްގެން ފެން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކާ ގުޅިގެން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

އެހެންކަމުން އެންމެ ފުރަތަމަ ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކަމަށާއި، އޭގައި ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް އެބަހުރި ކަމަށެވެ. އަދި އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓް ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފު ލޮނަކަށްވާނެ ކަމަށެވެ.

ފަހުމީ ވިދާޅުވީ މީގެ ސަބަބުން ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ހަރަދު ކުޑަވާނެ ކަމަށާއި އަދި އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން ކުރިމަތިވާތީ އެއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

ad