logo

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ފުވައްމުލަކަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
6 ގަޑިއިރު ކުރިން

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ފުވައްމުލަކަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ފުވައްމުލަކަށް ފާއިތުވި 24 ގަޑިއިރު 46.5 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އެގޮތުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުމީދޫއަށެވެ.

އެއީ 16.6 މިލިމީޓަރުގެ ވާރޭއެެވެ.

1. ބ. ގޮއިދޫ، 12.9 މިލިމީޓަރު ވާރޭ

  • އއ. ތޮއްޑޫ، 11.1 މިލިމީޓަރު ވާރޭ
  • ރ. އިފުރު، 11.0 މިލިމީޓަރުގެ ވާރޭ

މިއަދު ވެސް އުދަ އަރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ. މިދުވަސްވަރު ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވެ ކަނޑު ގަދަވުމާއި ގުޅިގެން ކަނޑުދަތުރަށް ފުރުމުގެ ކުރިން ސަމާލުވުމަށާއި، އެގޮތުން މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއި މޫސުމީ ސަމާލުތަކާއި އެއްގޮތަށް އަމަލު ކުރުމަށާއި އުޅަނދަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށާއި، ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

ad