logo

 މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދެވޭކަށް ނެތް: މުންދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފަވާކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދެވެން ނެތްކަމަށް ސަރުކަރުގެ ތަރްޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ދިވެހިޗެނަލް އަށް މައުލޫމާތު ދެއްވަމުން މުންދު ވިދާޅުވީ ހައިލެވެލް ވިޒިޓްތަކުގަ ޑިޕޮލޮމެޓިކް އުސޫލުން އިއުލާން ނުކުރާހިދަކު މައުލޫމާތު ދެއްވެން ނޯންނާނެ ކަމަށެވެ. ނަމަވެސް އިތުބާރުހުރި މަސްދަރުދަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަންވަރު ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ހަފުތާ ހޯމަ ދުވަހުއެވެ.

ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އެންމެ ފަހުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވަނީ އޭޕްރީލް 2025 ގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ދެ ގައުމުގެ ދެމެދުގައި 5 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގް އެއްގައި ވަނީ ސޮއި ކޮށްފައެވެ.

މި ދަތުރުފުޅުގައި ސޮއިކުރެވުނު މުހިއްމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ

  1. ދެ ގައުމުގެ ދެމެދުގައި ސިއްހީ ގުޅުންތައް ބަދަހިކުރުން.
  2. ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް ކުރިއެރުވުން.
  3. ޒުވާނުންގެ ކުރިއެރުމަށާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުން.
  4. ދެ ގައުމުގެ ބައިލެޓްރަލް ގުޅުން ވަރުގަދަކުރުން ހިމެނެއެވެ.

އަދި އެ ދަތުރުފުޅުގެ ތެރޭގައި ރާއްޖެ-މެލޭޝިއާ އިންވެސްޓްމަންޓް ފޯރަމްވެސް ބޭއްވުނެވެ. އެ ފޯރަމްގައި ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު މެލޭޝިއާގެ އިންވެސްޓަރުންނަށް ފޯރުކޮށްދެވުނެވެ.

ad