logo

ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރަކަމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖު ދާއިރާގެ މުޝީރެއްގެ ގޮތުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.

ރައީސްގެ އޮފީހުން ބުނީ ދިވެހި ބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުގެ މަސައްކަތް އާދަމް ނަސީރު އިބްރާހިމް ހަމަޖައްސަވާފައިވާ ކަމަށާއި، ރައީސް އޮފީހުން މަގާމުގެ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރައްވާނެ ކަމަށެވެ. އިއްޔެ މި މަގާމަށް އާދަމް ނަސީރު އައްޔަނު ކުރައްވާފައިވާކަން ހާމަ ކޮށްފައި ވަނިކޮށް މިއަދު ވަނީ އިސްތިއުފާ ހުށަހަޅާފައިވާ ކަން ހާމަ ކޮށްފައެވެ.

ދާދިފަހުން މިނިސްޓަރު ކަމުން އިސްތިއުފާދެއްވި 10 ވަޒީރުންގެ ތެރޭގައި ވެސް އާދާމް ނަސީރު ހިމެނެއެވެ. މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވީ އޭޕްރީލް 14 ގައެވެ.

އިސްތިއުފާ ދެއްވި މިނިސްޓަރުން މިހާރު ސަރުކާރުގެ އެކި މަގާމްތައް ފުރުއްވަމުން ގެންދަވާއިރު، ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ ނާޒިމް ވެސް ވަނީ ރައީސް އޮފީހުގެ މަގާމަށް އައްޔަނުކުރައްވައިފަ އެވެ.

އަދި ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް ގަތަރަށް ސަފީރަކަށް އައްޔަން ކުރައްވަން ނިންމަވާފައިވާއިރު, އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ތޯރިގް އިބްރާހީމް ވަނީ ޔޫއޭއީގެ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ

އޭރު ވަޒިރުންގެ އިސްތިއުފާއެކު ރައީސް ވިދާޅުވީ އެ ނިންމުމަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

ad