logo

މިފްކޯގެ ބަނދަރުތަކާއި ބޯޓުފަހަރަށް މިއަދު މަސް ގަންނަނީ 21ރ. އަށް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

މިފްކޯގެ ބަނދަރުތަކާއި ބޯޓުފަހަރަށް މިއަދު މަސް 21 ރުފިޔާ އަށް މަސްގަންނަން ފަށައިފިއެވެ.

މިހާރު ޖުމްލަ 8 ބަނދަރަކުން، މަސް ގަންނަން ލިބެން ހުރިއިރު، ކޮންމެ ބަނދަރަކުންވެސް މަސް ކިލޯއެއްގެ އަގަކި 21 ރުފިޔާއެވެ.

މިފްކޯގެ މަސް ގަންނަ ބަނދަރުތަކަށް ބަލާއިރު، ފެލިވަރު ބަނދަރާއި، ފެލިވަރު ފިޝަރިޒް ކޮމްޕްލެކްސް އަދި ކުއްޑޫ ބަނދަރާއި، ގދ. ތިނަދޫ ބަނދަރުގެ އިތުރުން ލ. މާމެންދުއާއި، ކ. މާލެ އަދި މަޑުއްވަރީ ބަނދަރުންވެސް މި އަގުގަ މަސް ލިބޭނެ ކަމަށް މިފްކޯއިން ބުނެއެވެ.

ކަޅުބިލަމަސް ކިލޯއެއް 21 އަށް ހުރިއިރު، ބޮޑުކަންނެލި މަސްކިލޯއެއްގެ އަގު ހުރީ 20 ރުފިޔާގައެވެ. ބޮޑުކަންނެލި 15 ކިލޯއިން މަތި ނަމަ ކިލޯއެއް 25 ރުފިޔާ އަށެވެ.

މިފްކޯއިން ބުނީ މިއީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، މަސްވެރިންނަށް އެކަށީގެންވާ އަގެއް ފޯރުކޮށްދިނުމަށާއި، ދެމެހެއްޓެނިވި މަސްވެރިކަން ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގެނެވުނު ބަދަލެއް ކަމަށެވެ.

ad