logo

11 ރަށެއްގައި އައިސްޕްލާންޓް ބަހައްޓަން މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި

މަރްޔަމް
5 ގަޑިއިރު ކުރިން

އެގާރަ ރަށެއްގައި ދުވާލަކު 30 ޓަނުގެ އައިސް އުފެއްދޭ ފެންވަރުގެ އައިސްޕްލާންޓު އެޅުމަށް މެލޭޝިއާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

މި މަޝްރޫއި ހަވާލުކުރީ މެލޭޝިޔާގެ އަލްޓަސް އޮއިލް އެންޑް ގޭސް މެލޭޝިއާ އެސްޑީއެން ބީއެޗްޑީ ކުންފުންޏާ އެވެ.

މާގިރި ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.

* މ. މުލައް, ދ. ހުޅުދެލި، ހދ. ކުޅުދުއްފުށި، ގަ. ނިލަންދޫ، ގއ. ވިލިގިލި، ށ.ކޮމަންޑޫ، ގއ މާމެންދޫ، އއ.ރަސްދޫ، ހއ. ދިއްދޫ ،ކ.ގާފަރު އަދި ގދ ރަތަފަންދޫ އެވެ.

މިނިސްޓްރީން ބުނީ އެ ރަށްތަކުގައި އައިސްޕްލާންޓްތައް ގާއިމު ކުރަން ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކަމަށެވެ. މި މަޝްރޫއުގެ ދަށުން 30 ޓަނުގެ އައިސް ޕްލާންޓް ފަރުމާކުރުމާއި ޓެކްނިކަލް މަސައްކަތްތައް ވިލަރެސްކުރުމާއި، ރަށްރަށުގައި ހިންގުމަށް އެކަށީގެންވާ ޓިއުބް އައިސް ޕްލާންޓް އިކުއިޕްމަންޓް ފޯރުކޮށް ދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ މާހައުލާ ގުޅޭގޮތަށް ލޮނުފެން ބޭނުންކޮށްގެން ފިނިކުރާ ނިޒާމެއް ހިމެނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ނަމަވެސް މަޝްރޫއުއަށް ހަރަދުވާނެ ވަރެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، މަސްވެރިންނަށް ފަސޭހަކަމާއެ ކު އައިސް ލިބޭނެ މަގު ތަނަވަސްކޮށް ދިނުމުގެ ގޮތުން ސަރުކާރުން އަންނަނީ ރައްޖޭގެ އެކި ކަންކޮޅުަކުގައި އައިސްޕްލާންޓައި ކޯލްޑް ސްޓޯރޭޖް ގާއިމް ކުރަމުންނެވެ.

ad