logo

ހުޅުމާލެއިން 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަޒީ
6 ގަޑިއިރު ކުރިން

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން 3 ބިދޭސީ އަކު މޯލްޑިވްސް އިމިގްރޭޝަންގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ޖޮއިންޓް ޓާސްކް ފޯސްއިން އިއްޔެ ހުޅުމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ހުޅުމާލޭގައި ހިންގާ ކެފޭތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި 22 ބިދޭސީން ޗެކް ކޮށްފައިވާއިރު، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު 3 މީހުންނެވެ.

އިމިގްރޭޝަނުން ބުނީ، މިގޮތަށް އެފަރާތުގެ ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ޑިޓެންޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އިމިގްރޭޝަނުން އަންނަނީ، ތަފާތު އެކި އޮޕަރޭޝަންތައް ހިންގަމުންނެވެ. އިމިގްރޭޝަނުން މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ، ޤަވާއިދާ ޚިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަޤުސަދުގައެވެ. އަދި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ.

ad