logo

ޝަހީދުންގެ ޢާއިލާތަކަށް އިނާޔަތް ދޭން ނިންމައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 މަސް ކުރިން
 1988 ނޮވެމްބަރ 03 ގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި  ސިފައިން

1988 ނޮވެމްބަރ 03 ގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި ސިފައިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ވަޢުދުފުޅާ އެއްގޮތަށް، 1988 ނޮވެމްބަރ 03 ގެ ޢުދުވާނީ ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކުރުމުގައި ޖިހާދުކޮށް ޝަހީދުވެފައިވާ ސިފައިންނާއި، އަދި އެ ޢުދުވާނީ ޙަމަލާގައި ދިވެހިރާއްޖެ ދިފާޢު ކުރުމުގައި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން ދައްކުވައިދެއްވާފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް އިނާޔަތް ދޭން ނިންމައިފިއެވެ.

މިހާރު ވަނި ޝަހީދުންގެ ޢާއިލާތަކަށް އިނާޔަތް ދޭނެ އުސޫލުވެސް އާންމު ކޮށްފައެވެ. އެ އުސޫލުގައިވަނީ އިސްލާމްދީނާއި، މި ލޮބުވެތި ވަޠަނާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި ވެވަޑައިގަންނަވާފައިވާ ޤުރުބާނީ އާއި ކުރައްވާފައިވާ މަތިވެރި ޖިހާދުގެ އަގު ދިވެހި ރައްޔިތުންގެ ފަރާތުން ސަރުކާރުން ރަމްޒެއްގެގޮތުން ވަޒަންކޮށް، ޝަހީދުންގެ ޢާއިލާތަކަށާއި އާދަޔާޚިލާފު ހިތްވަރާއި ސާބިތުކަން އެދުވަހު ދައްކުވައިދީފައިވާ ސިފައިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ފަރާތްތަކަށް އިނާޔަތް ދޭން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ސަރުކާރުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު އުދުވާނީ ހަމަލާއަށްފަހު މިހާރުވަނީ 36 ފާއިތުވެފައެވެ. 2024 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ،ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޖުމްހޫރީމައިދާނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފާއިތުވި 40 ވަރަކަށް އަހަރުތެރޭގައި 29 ސިފައިންނާއި ފުލުހުންގެ ދެ ބޭފުޅަކާއި، 11 އާންމުން ވަނީ ޝަހީދުވެފައި ކަމަށެވެ. ނަމަވެސް ގައުމަށްޓަކާ ޝަހީދުވެފައިވާ މި ފަރާތްތަކުގެ އާއިލާތަކަށް ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ދީފައި ނުވާ ކަމަށެވެ. ރައިސް ވިދާޅުވީ އެއީ ވަރަށް ބޮޑަށް ބޭ އިންސާފެއް ކަމަށާއި، ވައުދުފުޅާ އެއްގޮތަށް ޝަހީދުންގެ އާއިލާތަކަށް އިނާޔްތަދެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ.

މިގޮތުން 1988 ނޮވެމްބަރ 03 ވަނަދުވަހުގެ ޢުދުވާނުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ ޢާއިލާތަކަށާއި، އެ ހަނގުރާމައިގައި ދައްކުވައިދެއްވާފައިވާ އާދަޔާޚިލާފް ހިތްވަރާއި ސާބިތުކަމުގެ ސަބަބުން މެޑެލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ އަދި މެޑެލް ފޮރ ބްރޭވަރީ ގެ ޝަރަފް އެރުވިފައިވާ ބޭފުޅުންނަށް އެ އުސޫލުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ޚާއްޞަ އެލަވަންސެއް ސަރުކާރުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ.

ad