logo

އެއްވެސް ހާލެއްގަ ބޭރުގެ އެއްވެސް ޕްލެޓްފޯމަކާ ދިވެހިންގެ އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރާނެ: މިނިސްޓަރ އިޙްސާން

މަރްޔަމް
8 ގަޑިއިރު ކުރިން
މިނިސްޓަރ އަލީ އިހުސާން

މިނިސްޓަރ އަލީ އިހުސާން

އެއްވެސް ހާލެއްގަ ބޭރުގެ އެއްވެސް ޕްލެޓްފޯމަކަށް ދިވެހިންގެ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރައްވާނެ ކަމުގައި ދާޚިލީ ސަލާމަތާ މަސައްކަތްތެރި ކަމާ ފަންނިއްޔަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކުޑަކުދިންނަށް ސޯޝަލް މީޑިޔާ މަނާކުރުމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ޗެނަލްގެ ފަރާތުން އުމުރަށް ބަލާ ސޯޝަލް މީޑިޔާ ބޭނުން ކުރުން ކޮންޓްްރޯލް ކުރުމުގަ ދިމާވާ ބައެއް ގޮންޖެހުންތަކާ، އުމުރު ކަށަވަރު ކުރުމަށް ސަރުކާރުން ވިސްނަމުން ދަނީ ކޮން ނިޒާމެއްގެ ދަށުންތޯ އަދި މަރުހަލާގައި ކުދިން ޒާތި މައުލޫމާތު ގެ ސިއްރުވެރިކަން ރައްކަތެރިކާތެރިކަން ކުރެވޭނެކަން ކަށަވަރު ކުރާނީ ކިހިނެތްތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ އުމުރު ފުރާ ކަށަވަރު ކުރުމަށް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ހޯދާފައިވާ ހައްލުތަކަކީ މިތާގައިވެސް ބޭނުން ކުރެވޭނެ ނިޒާމް ކަމަށާއި އެހެން ނަމަވެސް އެއްވެސް ހާލެއްގައި އަޅުގަނޑުމެން ގެ އެއްވެސް ޑޭޓާއެއް ވެރިފައި ކުރުމަށް އެކްސެސް ނުދޭނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އެއްވެސް ދިވެހި ރައްޔިތެއްގެ މައުލޫމާތު އެމީހުނަށް ދީގެން އެމީހުން ވެރިފައިކޮށް މިކޮޅަށް ފޮނުވާ އުސޫލަކުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިއީ އަދި ސަތޭކަ ޕަސެންޓް އެއްވެސް ގައުމަކަށް ހައްލު ކުރެވިފައިވާ ކަމެއް ނޫންކަން ވެސް ފާހަގަ ކުރެއވިއެވެ.

ވަކި އުމުރުފުރައަކަށް ސޯޝަލްމީޑިޔާ ބޭނުން ނުކުރެވޭ ގޮތައް ހެދުމަށް މި ކުރާ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 1 ޖޫން 2026ގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި އިޝާރާތް ކުރައްވާފައިވާ ކަމެއް ކަމަށާއި ރައީސުލް ޖުމްހޫރިއްޔަ ޑރ. މުޙައްމަދު މުޢިއްޒުގެ ބޭނުންފުޅަކިީ އަޅުގަނޑުމެންގެ ތުއްތު ކުދިން ސޯޝަލްމީޑިޔާގެ ނޭދެވޭ މަންސަތަކުން ރައްކާތެރި ކުރެއްވުން ކަމަށްވެސް މިނިސްޓަރ އިހުސާންގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ad