މޯލްޑިވިއަންގެ ދަތުރުތައް އަލުން ބަންގްލަދޭޝް އަށް ފަށައިފިއެވެ.
ބަންގްލަދޭޝްގެ ޑާކާއާ ދެމެދު ކުރާ ސީދާ ދަތުރުތައް ފެށީ ރޭގަ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.
ގައުމީ އެއާލައިނުން ނުނީ ބަންގްލަދޭޝް އަށް އަލުން ދަތުރުތައް ފެށުމަކީ ދެ ގައުމުގެ ގުޅުވައިލުމުގެ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ރާއްޖެއާއި ބަންގްލަދޭޝްގެ ދަތުރުތައް މެދުކަނޑާލީ 2024 ގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
މިހާރު ދަތުރު ފަށާފައިވާއިރު، ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގު ފެށެނީ 399 އެމެރިކާ ޑޮލަރު އިންނެވެ. މީގެ އިތުރުން، ކޮންމެ ފަސިންޖަރަކަށް 30 ކިލޯގެ ޗެކްޑް ބެގޭޖް އެލަވަންސް ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.


