logo

އޭއައިސީބީ އާއިއެކު ބީއެމްއެލްއިން އެއްބަސްވުމެއްގާ ސޮއިކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
16 ދުވަސް ކުރިން

އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް (އޭ.އައި.ސީ.ބީ) އާއި އޭ.އެމް.އެލް.ގެ އެކަޑަމީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެ އެމްއޯޔޫގައި ބޭންކިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި އޭ.އައި.ސީ.ބީގެ ޗީފް އެގްޒެކެޓިވް އެޑްވާޑް ލިންގއެވެ.

ބޭންކުގެ ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ބްރާންޗްގެ ހައިސިއްޔަތުން މި އެއްބަސްވުމާއި އެކު އެންމެ އިސް ދައުރެއް އަދާކުރަނީ ބީއެމްއެލް އެކަޑަމީންނެވެ. ބޭންކިންގެ ދާއިރާއިން މީހުން ބިނާކުރުމަށް އެހީތެރިވުމުގެ މަގްސަދުގައި ކުރިއަށް ގެންދާ މި އެއްބަސްވުމުގެ ބޭނުމަކީ ބޭންކިން ދާއިރާއިން އުނގެނުމުގެ މަގުތައް ފުޅާކުރުމަށާއި، ޕްރޮފެޝަނަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި އަދި މުޅި އޯގަނައިޒޭޝަންގައި މެދު ނުކެނޑި ހުނަރު ތަރައްގީކުރުމަށް އެހީތެރިވުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައިވެއެވެ.

ad