މާލޭގައި 500 ސޯޝަލް ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.
2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 އިން 22 އަށް ޗައިނާގެ ބެއިޖިންގައި ބޭއްވި ތިންވަނަ ހައި-ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޮރ ޝެއަރޑް ޑިވެލޮޕްމަންޓްގައި ދިވެހި ސަރުކާރުން ވަނީ 500 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް ޗައިނާ ސަރުކާރާއެކު ބޭއްވި ބައްދަލުވުމުގެ މިނެޓުގައި ސޮއިކުރައްވާފައެވެ. މި ޕްރޮޖެކްޓަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުން އިންޓްރެސްޓް ފްރީ ފެސިލިޓީއެއް މެދުވެރިކޮށެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް އިބްރާހީމް ޠާމް މުޙައްމަދެވެ. މީގެ އިތުރުން، ސީ.އައި.ޑީ.ސީ.އޭ.އާއެކު ބައިލޭޓަރަލް ބައްދަލުވުމެއް ބޭއްވެވިއެވެ.
"ހައި ލެވެލް ކޮންފަރެންސް އޮން ގްލޯބަލް އެކްޝަން ފޯރ ޝެއަރޑް ޑިވެލޮޕްމަންޓް"ގެ ހަވާސާގެ ތެރެއިން ވަނީ މާލެ ސިޓީގައި ޗައިނާގެ އެހީތެރިކަމާއެކު 500 ސޯޝަލް ހައުސިންގ ޔުނިޓު ޤާއިމުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މާލޭގައި ސޯޝަލް ހައުސިންގ ޔުނިޓު އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ފައިނޭންސް ހަމަޖެއްސުމަށް ޗައިނާއިން އެއްބަސްވެފައިވަނީ އިންޓްރެސްޓަކާއި ނުލައި ދޭ އެހީގެ ގޮތުގައެވެ.


