logo

ދެވަނަ ވައިޑް ބޮޑީ ބޯޓް މި އަހަރުގެ ފަހުކޮޅު ގެންނަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ދެވަނަ ވައިޑް ބޮޑީ ބޯޓް މި އަހަރުގެ ފަހުކޮޅު ގެންނަން ނިންމައިފިއެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްް ވިދާޅުވީ މި އަހަރުގެ ފަހުކޮޅު ދެވަނަ ބޯޓް ގެންނަން ގިނަ މަސައްކަތްތަކެއް ކުރެވެމު އަންނަ ކަމަށެވެ. ދެވަނަ ބޯޓް ގެނެވުމުން އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރަން ދެވަނަ މަތިންދާ ބޯޓު ގެނައުމާއެކު ރަޝިޔާ އާއި ސައުތު ކޮރެއާ އަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ފުރަތަމަ ވައިޑް ބޮޑީ ބޯޓް ގެނައީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ. މިހާރު އެ ބޯޓްގައި ޝެޑިއުލް ދަތުރުތައް ދަނީ ކުރަމުންނެވެ. އެގޮތުން ދަތުރު ކުރާ ގައުމުގެ ތެރޭގައި ޗައިނާ، އިންޑިއާ، ބަންގްލަދޭޝްގެ އިތުރުން އޮސްޓްރޭލިއާއަސްވެސް ދަތުރު ކުރެއެވެ.

ad