logo

ކުޅުދުއްފުށީ އައިނު ފިހާރަ މާދަމާ ހުޅުވަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ކުޅުދުއްފުށި ސިޓީގައި އައިނު ފިހާރަ އެއް މާދަމާ ހުޅުވަން ތައްޔާރުވެއްޖެއެވެ.

މި އައިނު ފިހާރައަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖިީއެޗް) އިން ހުޅުވާ ހަތަރު ވަނަ އައިނު ފިހާރައެވެ. މިއީ މާލެ ސަރަހައްދު ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި ހުޅުވާ ދެވަނަ ފިހާރައެވެ.

މި އައިނި ފިހާރަ ހުޅުވަނީ މާދަމާ މެންދުރު 1:00 ގައެވެ. އެ ފިހާރަ ހުޅުވާދެއްވާނީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމެވެ.

ސަރުކާރުގެ އައިނު ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން އޮގަސްޓް މަހުގެ ތެރޭގައި ވަނީ އިތުރު ފިހާރައެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވާފައެވެ.

ސަރުކާރުގެ އައިނު ފިހާރަތައް ހިންގަމުން އަންނަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިންނެވެ.

ad